ހައުސިން އާއި ފުޑް އެލަވަންސް ދިނުމުގައި ބިދޭސީންނާއި ދިވެހީންނާ ދެމެދު ގެންގުޅެމުން އަންނަ ތަފާތު ކުރުން އަދިވެސް ހައްލު ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
މެންބަރު އަލީ ހުސެއިން މިހެން ވިދާޅުވީ ގާނޫނު އަސާސީއަށް މިއަދު 12 އަހަރު ފުރޭކަން ފާހަގަކުރައްވައި ހައްގުތައް ލިބުމުގައި ހުރި ބައެއް މައްސަލަތަކާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ. އެ ގޮތުން އިނާޔަތްތައް ލިބުމުގައި ފަރަގު ބޮޑު އަތި ތަފާތުކުރުން ބޮޑު ކަމަށް ފާހަގަ ކުރެއްވޭ ބައެއް ވަޒީފާތަކުގެ ވާހަކަވެސް މެންބަރު އަލީ ހުސެއިން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
"ގާނޫނު އަސާސީއަށް މިއަދު ބާރަ އަހަރު ފުރޭއިރުވެސް ދިވެހި ޓީޗަރުން، ނަރުހުން، ޑޮކްޓަރުން، އެކައުންޓެންޓުން އަދި ޕައިލެޓުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރާ އެހެނިހެން ގައުމުތަކުގެ މީހުންނާ އެއްގޮތަށް ހައުސިން އަދި ފުޑް އެލަވަންސް ދިނުމުގައި އޮތް ތަފާތުކުރުން ހައްލެއް ނުވޭ." އަލީ ހުސއިން ވިދާޅުވި އެވެ.
އަލީ ހުސެއިން މިގޮތަށް ވިދާޅުވި އިރު، ވަޒީފާގެ މާހައުލުގައި ދިވެހީންނާއި ބިދޭސީންނާ ދެމެދު ތަފާތުކުރުންތައް ގެންގުޅޭ މައްސަލައާއި މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި ވެސް އިންތިހާއަށް ތަފާތުކުރާ ކަމުގެ ޝަކުވާ ދިވެހީން އަބަދުވެސް އަންނަނީ އުފުލަމުންނެވެ. އެ ގޮތުން އަލީ ހުސެއިން އެ ފާހަގަކުރެއްވި ބައެއް މަގާމު ތަކަކީ އެ މަގާމުތަކުގައި ދިވެހީން ވަޒީފާ އަދާ ކުރި ނަމަވެސް ބިދޭސީންނާ އެއް ހަމައެއްގައި ދިވެހީންނަށް ފުރުސަތުތައް ފަހި ނުވާ މަގާމުތަކެއްކަން ދިވެހީން ފާހަގަ ކުރެ އެވެ.
އަލީ ހުސައިން