ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު އެހެން ވިދާޅުވީ، ހއ. ފިއްލަދޫގެ އުތުރުން އެ ރަށާއި ގުޅިފައި އޮންނަ ފަޅުރަށެއް ކަމަށްވާ ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި އޮތުމުންނެވެ.
ހޫދު ވިދާޅުވީ، އެ ނޫހުގައި ލިޔެފައިވަނީ ބުހުތާނު ދޮގު ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދުކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފައެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ކުރާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
އެވާހަކަތައް ލިޔެފައިވާ ނޫހުގައި ބުނެފައިވާ ގޮތުން، އިންޑިއާ އިން ރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ.
އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވާ ކަމަށާއި އެތަންތަނުގެ މިލްކުވެރިންނަށް އެމީހުންގެ އާއިލާ އަދި ރައްޓެހިން ވެސް އެތަންތަނަށް ގެނެވޭނެ ފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ވެސް އިންޑިއާ ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެ ނޫހުގައި ލިޔެފައިވެ އެވެ.
ސަރުކާރު
ސަރުކާރު
ސަރުކާރު
ސަރުކާރު