ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމަށް އާއްމުކޮށްގައިވާ ލިސްޓަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ހަމަވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ފްލެޓް މައްސަލައާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، މި 7،000 ފުލެޓް ކަންތައް ބަލައި ޝަރުތު ހަމަވާ މީހުން ކަނޑައެޅުމަށް މި ސަރުކާރުން އެކުލަވާލާފައިވާ ފްލެޓް ކޮމިޓީގެ މެންބަރުން މަޖިލިސް ކޮމިޓީގައި އިއްޔެ ވިދާޅުވީ، ކުރީގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށެވެ.
އެބޭފުޅުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ހިމެނެނީ 7،000 ފުލެޓް ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް ގުޅިފަޅުން ފްލެޓް ނުލިބުނު މީހުންނަށް 140 ފުލެޓާއި ގާކޮށިން ފުލެޓް ނުލިބުނު ފަރާތްތަކަށް 160 ފުލެޓް އެތަނުން ހާއްސަ ކޮށްފައިވާތީ، ހިޔާ މަޝްރޫއަށް އެތަނުގައި ހިމެނެނީ 6720 ފުލެޓް ކަމަށްވެސް ކޮމިޓީގެ މެންބަރުން ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ކޮމިޓީ މެންބަރުން މިއަދު ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އެސްއޯއީތަކުން ކުރިޔަށް ގެންދާ ފުލެޓް މަޝްރޫއަކީވެސް ހިޔާ މަޝްރޫއުގެ ކުޑައިގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށެވެ.
އެގޮތުން އެސްއޯއީތަކުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ކުރާ އިމާރާތްތަކުގެ ފުރަތަމަ ހަތަރު ފްލޯއިން ލިބޭ އެއްކޮޓަރީގެ ފުލެޓް ތަކާއި ފުލެޓް ލިބޭނެ ކަމަށް އޭރު އިއުލާންކުރި ދެވަނަ ލިސްޓުގައި ހިމެނޭ 2500 ފަރާތަށް ފްލެޓް ދިނުމަށް ކުރިޔަށްގެންދިއުމަށް ހަމަޖެހުނު ފުލެޓްތައް 7،000 ފުލެޓްގެ އަދަދަށް ހަމަކުރުމުން ފުލެޓް ލިބޭނެ ކަމަށް އޭރު އިއުލާންކުރި 9،517 އަދަދު ހަމަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު