ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ދެ މެންބަރަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައީސް އައްޔަން ކުރެއްވީ ޑރ. މޫސާ އަންވަރު ހަސަނާއި ޑރ. އަލީ ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދެ މެންބަރުންގެ ތެރެއިން ޑރ. އަލީ ޒާހިރު އައްޔަންކުރެއްވީ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރަންޖެހޭ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ޑރ. މޫސާ އަންވަރު އައްޔަންކުރެއްވީ މިނިސްޓްރީގެ ލަފާގެ މަތިން އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
- އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް މިހާރު ހަމަޖެހިފައިވާ ގޮތް
- ޑރ. މުހައްމަދު ރަޝީދު އިބްރާހީމް - ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
- ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާން - ރައީސް އައްޔަންކުރާ މެމްބަރެއްގެ ގޮތުގައި
- ޑރ. މޫސާ އަންވަރު ހަސަން – މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރު
- ޑރ. އަލީ ޒާހިރު - ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރު
- އިލްޔާސް ހުސައިން – މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު