ރައްޔިތުންގެ މަޖިލީހުގައި ނަމާދު ކުރާއިރު، ގައި ދުރުކޮށް ނަމާދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއަދު ވަރަށް މުހިއްމު ދެކަމެއް ހިނގައިފި ކަމަށެވެ.
އެއްކަމަކީ، ސްކޫލްތަކުގެ ކިޔެވުން ފެށުން ކަމަށާއި، އަނެއް ކަމަކީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްދަ ކޮށްފައިވާއިރު، މަޖިލީހުގައި ނަމާދުކުރުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ބުނެފައި ވަނީ، ގައިދުރުކޮށް ކަމަށެވެ.
ޓީޗަރުންނަށާއި ތައުލީމީ ދާއިރާގަ އި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށާއި، ތައުލީމީ ވަޒީރަށް ވަރަށް ބޮޑަށް މަރުހަމާ ދަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިނގޭ މިކަމުގެ ހުރި ނާޒުކު ކަމާއި އުނދަގޫ ކަމާ. އެހެންނަމަވެސް، ނުކޮށް ވާން ނެތް ކަމާއި ، މި އެންމެ ކަންކަން ދެނެގަނެ ތިއްބަވައި، ސަރުކާރުންނާއި ވަޒީރު، އަދި އެންމެހައި ބޭފުޅުން މަސައްކަތް ސާބިތު ކަމާއެކީގައި ކުރިއަށް އެބަ ގެންދަވާ. މަދަރުސާތަކުގެ ޕްރިންސިޕަލުން އަދި މަދަރުސާތަކުގެ އެކިއެކި ދަރަޖައިގެ ހިންގުންތެރިން؛ ހުރިހާ ބޭފުޅުން ވެސް އެބަ ކުރިއަށްގެންދަ ވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް