އައްޑޫ ސިޓީއަށް އެތެރެ ކުރަން އުޅުނު 5.5 ކިލޯގެ ޑުރަގް އަތުލައިގެންފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެތަކެތި އަތުލައިގަތީ ފުލުހުންގެ އޮޕްސް އާއި އައްޑޫ ސިޓީގައި ތިބި އިންޓެލް ޓީމްތައް އަދި އެމްއެންޑީއެފް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ސީޕީ ވިދާޅުވީ، އެތަކެތި އައްޑޫއަށް އެތެރެ ކުރަން އުޅުނީ ގދ. ތިނަދޫން ސްޕީޑް ބޯޓެއްގައި ކަމަށެވެ. އަދި އެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިމަހުގެ ތެރޭގައި ފުލުހުންގެ ނާކޮޓިކްސް ޓީމުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވަނީ 6.8 ކިލޯގެ ކެނަބިސް އަތުލައިގެންފައެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއިރު، ސީޕީ ހަމީދު ވިދާޅުވި ގޮތުގައި އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް އަރާނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު