ވޯލްޑް ކަޕްގެ ގޯލް ޖެހުމުގެ ރެކޯޑަށް ވިސްނުމުގެ ބަދަލުގައި، މިހާރު އެންމެ ބޮޑަށް ވިސްނަނީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިޔަކީ ފްރާންސްގެ އެމްބާޕޭއެވެ. މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ހަ ގޯލް ޖަހާފައިވާ އިރު، ގޯލް ޖެހުމުގެ ލިސްޓްގައި އޭނާއާ ވާދަކުރަމުން ދަނީ އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. މެސީވެސް މިހާތަނަށް މި ވޯލްޑް ކަޕްގައި ހަ ގޯލް ޖަހާފައިވާ އިރު، މިފަހަރު ވޯލްޑް ކަޕްގެ ތެރެއިން މެސީ ވަނީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. މިހާރު އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި 19 ގޯލް ޖަހައިފައެވެ. އެމްބާޕޭ ވަނީ ކެރިއަރުގައި 18 ވޯލްޑް ކަޕް ގޯލް ޖަހައިފައެވެ.
"އަހަރެންގެ ޓާގެޓަކީ ވީހާވެސް ދުރަށް ދިޔުން. ހާއްސަކޮށް 19 ވަނަ ދުވަހު އޮންނަ ފައިނަލަށް ދިޔުން. އަހަރެމެންގެ މޮޅުވާން މަސައްކަތް ކުރަނީ ހުރިހާ މެޗެއްގަިއވެސް. ދެން އޭގައި އޮންނަ ގޮތަކީ ގޯލްވެސް ގިނައިން ޖެހިވަރަކަށް އެކަންވެސް މި ހާސިލްވަނީ. އެކަމަކު ގޯލް ރެކޯޑަށް ފޯކަސްއެއް ނުކުރަން. އަހަންނަށް އެނގޭ މެސީ އަދިވެސް ގޯލް ޖަހާނެކަން. އެހެންވިޔަސް މެސީ ވައްޓާލަން އެހެން ޓާގެޓެއް ނުކުރާނަން. އަހަރެމެންގެ ގޯލަކީ ފައިނަލް،" 2018 ވަނަ އަހަރު ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، 2022 ވަނަ އަހަރު ފައިނަލުގައި ކުޅުނު އެމްބާޕޭ ބުންޏެވެ.
ފްރާންސުން ރޭ ސްވިޑެން ކައިރިން 3-0 އިން މޮޅުވި މެޗުގައި އެމްބާޕޭ ދެ ގޯލް ޖަހާފައިވާ އިރު، އޭނާ ބުނީ ގަދަ 16 ގައި ޕަރަގުއާއީ ދަށްކޮށް ނުނަގާނެ ކަމަށެވެ. އަދި އެމެޗަށް ނުކުންނާނީ ހޯމްވޯކް ހަދައިގެން ކަމަށް އެމްބާޕޭ ބުންޏެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް