ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް މިސްރުން ކުޅުނު މެޗަށްފަހު ރެފްރީންނަށް ފާޑުކީ މައްސަލައިގައި މިސްރުގެ ފޯވަޑް މޮސްތަފާ ޒީކޯއާއި ކޯޗު ހޮސާމް ހަސަނަށް ފީފާއިން އަދަބު ދީފިއެވެ.
އާޖެންޓީނާއާއި މިސްރުން މިދިޔަ ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅުނު ފޯރިގަދަ މެޗު، 3-2 އިން ކާމިޔާބުކުރީ އާޖެންޓީނާއިންނެވެ. އެމެޗުގައި މިސްރުން ތިން ގޯލް ޖަހާފައިވަނިކޮށް، އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ތިން ގޯލް ޖަހައިގެންނެވެ.
އެމެޗުގައި ޒީކޯ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، އޭގެ ކުރިން ފައުލެއް ވި ކަމަށް ރެފްރީން ނިންމާފައިވެއެވެ. އަދި އެންމެ ފަހުވަގުތަށް ދިޔަ އިރު، 2-2 އިން އެއްވަރުވެފައި އޮއްވައި، މިސްރުން ވަނީ ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލް ކޮށްފައެވެ. އެމެޗަށްފަހު ޒީކޯއާއި ކޯޗު ހޮސާމް ހަސަން ވަނީ ރެފްރީންނަށް ފާޅުގައި ފާޑުކިޔައިފައެވެ. އޭގެ އިތުރުން ކޯޗުގެ އެއްމާބަނޑު އިބްރާހީމް ހަސަންވެސް މެޗަށްފަހު ރެފްރީއަށް ފާޑުކިޔާފައިވެއެވެ.
އެ މެޗުގައި ރެފްރީން ނިންމި ނިންމުންތައް ފީފާގެ ރެފްރީން ހެޑް ޕިއޭލުއީޖީ ކޮލީނާ ދިފާއުކޮށްފައިވާ އިރު، ފީފާއިން ނިންމާފައި ވަނީ ކޯޗު ހޮސާމް ހަސަން ތިން މެޗަށް ސަސްޕެންޑްކޮށް، ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރުމަށެވެ.
އޭގެ އިތުރުން އިބްރާހީމް ހަސަންވެސް ސަސްޕެންޑް ކޮށްފައި ވަނީ ތިން މެޗަށް ސަސްޕެންޑް ކުރުމަށެވެ.
މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ މައްސަލަ އިސްތިއުނާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ގާނޫނީ ލަފާ ހޯދަމުންދާ ކަމަށެވެ.
މިސްރު
މިސްރު
މިސްރު
މިސްރު
ކޮމެންޓް