ހުޅުމާލޭގައި ރުއް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިޔަށްގެންދަން ނިންމައިފި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އަންނަ ހޮނިހިރު ދުވަހު ކުރިޔަށްގެންދަން ނިންމާފައިވާ މި ހަރަކާތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއިން ދޭ ސިގްނަލްތައް އަޑުއަހައި، މިހާރު އޮތް ހައްލުތަކުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް ހުލުމާލެ ކޮމިއުނިޓީ އެލަޔަންސް ގްރޫޕުން ބުންޏެވެ.

މި ހަރަކާތް ކުރިޔަށްގެންދަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 5:30 އަށް ހުޅުމާލެ ފޭސް ދޭއްގައެވެ.

ރުއް އިންދުމުގެ ހަރަކާތުގައި ބައިވެރިވާ މުވައްސަސާތަކާއި ކޮމިއުނިޓީތައް:

  • މޯލްޑިވިއަން ރެޑް ކްރެސެންޓް
  • މާލެ ސިޓީ
  • ވެމްކޯ
  • އެގްރޯ
  • ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް
  • އުރީދޫ މޯލްޑިވްސް
  • ޓާސްކިން އެޕް
  • H78
  • ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  • ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް

ރުއް އިންދުމުގެ ހަރަކާތުގައި ބައިވެރިވާ ސްކޫލުތައް:

  • ރެހެންދި ސްކޫލު
  • ހިރިޔާ ސްކޫލު
  • ހުރަވީ ސްކޫލް
  • ސަލާހުއްދީން ސްކޫލް
  • ޝަހީދު އަލީ ސްކޫލް