ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ
އެ ބައްދަލުވުން މާދަމާ ބާއްވާކަން ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ތިން ބޭފުޅުން އެކުގައި ބައްދަލުވުމެއް ބާއްވަނީ ނޫސްވެރިކަމުގެ ހައްގުތައް ހިމާޔަތްކުރުމަށް އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނިކޮށެވެ.
ފައްޔާޒު އެގޮތަށް ވިދާޅުވުމުން، ސޯލިހާއި ނަޝީދާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަން ޔާމީންވަނީ ހާމަކުރައްވައިފައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ކަންބޮޑުވުންތައް އިތުރުވެފައި މިވަނީ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ، ކުރިމިނަލް ކޯޓުން އެ ދެ މީހުން ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.
މުހައްމަދު އިޝާން
ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)
ހުސް ފެއިލްވެފަ، ރައްޔިތުން ނޯ ޖަހާފަތިބި މީހުންނެވެ. ދިވެހިން ނޫނެކޭ ބުނީ ކަމުނުދާތީއެވެ. އެމީހުން އުބަކަށް ނުޖަހާނެއެވެ.
އަލިބެ - 1 މަސް ކުރިން