ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ހަތެއްގެ ކުޅުން ރޭ ފަށާފައިވާ އިރު، ގދ. ވާދޫ އާއި ސ. ހިތަދޫގެ އިތުރުން ގއ. ދާންދޫން ފެށުން ރަނގަޅު ކޮށްފިއެވެ.
ޒޯން ހަތެއްގެ ކުޅުން ރޭ ފަށާފައިވާ އިރު، އެ ޒޯނުގެ މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޒޯން ހަތެއްގެ ގްރޫޕް އޭގައި ހަތަރު ޓީމު ހިމެނޭ އިރު، އެއީ ވާދޫ އާއި ހިތަދޫގެ އިތުރުން ފުވައްމުލަކު ދަނޑިމަގާއި ގއ. ކަނޑުހުޅުދޫއެވެ. އެ ޒޯންގެ ގްރޫޕް ބީގައި ދެއްވަދޫގެ އިތުރުން ގދ. ހޯޑެއްދޫއާ އެކު ދެން ހިމެނެނީ ސ. މަރަދޫއެވެ.
އައްޑު އަތޮޅުގެ ޗެމްޕިއަން ހިތަދޫން ރޭ ދަނޑިމަގު ބަލިކުރީ 2-0 އިންނެވެ. އެމެޗުގައި ހިތަދޫގެ ގޯލްތައް ޖެހީ ޝާޝް ޝަރީފާއި އީމާން ނަޒީރެވެ. އެ ގްރޫޕްގައި ރޭ ވާދޫން މޮޅެއް ހޯދީ ގއ. އަތޮޅުގެ ޗެމްޕިއަން ކަނޑުހުޅުދޫ ކައިރިން 2-0 އިން މޮޅުވެގެންނެވެ. ވާދޫގެ ގޯލްތައް ޖެހީ މުހައްމަދު ނާއިލާއި މުހައްމަދު އިޔާދު އަލީއެވެ.
ދެއްވަދޫން ހޯޑެއްދޫ ބަލިކުރީ 8-2 އިންނެވެ. ދެއްވަދޫގެ މުހައްމަދު އަބްދުﷲ މެޗުގައި ހެޓްރިކް ހެދި އިރު، އަނެއް ގޯލްތައް ޖެހީ އަހްނަފް ރަޝީދާއި ނަސޫހު ސައީދާއި ޝިފާޒް އާދިލް (މަޓާ)އާއި މީޝަން މުޖީބް އަންވަރާއި މިގްދާދު ސައީދެވެ. ހޯޑެއްދޫގެ ގޯލްތައް ޖެހީ އަހުމަދު ޝާނިއު އަބްދުލް ގަނީއާއި މުހައްމަދު މާޔަން ނިޔާޒެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް