ލޯކަލް ކައުންސިލް އިންތިހާބަަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

މޭޔަރުގެ ޓިކެޓަށް އެމްޑީޕީގެ ފަރާތުން ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.

ޕްރައިމަރީގައި މިހާތަނަށް ގުނި ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުން އާދަމް އާޒިމަށް 1،026 ވޯޓު ލިބިފައިވެއެވެ. އަލީ އާޒިމަށް ލިބިފައިވަނީ 683 ވޯޓެވެ.

އެމްޑީޕގެ ޕްރައިމަރީގައި އެންމެ ވާދަވެރި ކެމްޕޭނަށް ކޮށްފައިވަނީ އަލީ އާޒިމާއި އާދަމް އާޒިމެވެ.