ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅު ފައިނަލަށް އެންމެފަހުގެ އަތޮޅު ޗެމްޕިއަން ގދ. ވާދުއާއި ހޯޑެއްދޫ ދަތުރުކުރި އިރު، އައްޑު އަތޮޅުގެ ފައިނަލަށް އެ އަތޮޅުގެ އެންމެފަހުގެ ރަނަރަޕް ހިތަދުއާއި މަރަދޫ ދަތުރު ކޮށްފިއެވެ.
ގދ. އަތޮޅާއި އައްޑު އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، ވާދޫން ފައިނަލަށް ދިޔައީ ފަސޭހަކަކާއެކު ފިޔޯރީ ބަލިކޮށްގެންނެވެ. ވާދޫގެ މުސައްނިފް މުހައްމަދު (މުއްސަ) މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، އަނެއް ގޯލްތައް ޖެހީ އަޔާޒް އަހުމަދު (އަޔާ) އާއި އަބްދުﷲ އާހިލް އަލީ އަދި އިބްރާހީމް ޝައުފް މުހައްމަދެވެ.
ފިޔޯރީގެ ހަމައެކަނި ގޯލް މެޗުގައި ޖެހީ މުހައްމަދު ނާހިލްއެވެ.
އެ އަތޮޅުގެ އަނެއް ސެމީގައި ހޯޑެއްދޫން މަޑަވެލި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ހޯޑެއްދޫން މުޅިން އަލަށް އަތޮޅު ސެމީއަށް ގޮސްފައިވާ އިރު، އެމެޗުގައި ހޯޑެއްދޫގެ ގޯލްތައް ޖެހީ މުހައްމަދު ލުފާފް އަބްދުﷲ، އަހުމަދު ޝާނިއު ގަނީގެ އިތުރުން ހުސައިން ޝިފާއު މުހައްމަދެވެ.
މަޑަވެލީގެ ގޯލްތައް ޖެހީ ޔައިޝް މުސްތަފާއާއި އަހުމަދު ސިނޫ މަހްމޫދެވެ.
އައްޑު އަތޮޅު ފުރަތަމަ ސެމީގައި ހިތަދޫން ފޭދޫ ބަލިކުރީ 4-2 އިންނެވެ. ހިތަދޫގެ މުހައްމަދު ދާނިޝް އިބްރާހީމާއި މުހައްމަދު ސޮބާހް މަންސޫރުގެ އިތުރުން ހާޒިމް ފައުޒީ (ހަތީ) ގޯލް ޖެހި އިރު، ޔޫސުފް ސިދާން އަލީ (ސިއްކޮ) އަތުން ބައިކޮޅަށް ގޯލެއް ވަނެވެ.
ފޭދޫގެ ގޯލްތައް ޖެހީ މުހައްމަދު ސަޔަމް ސައީދާއި އަލީ ނާފިއުއެވެ.
އެ އަތޮޅުގެ އަނެއް ސެމީގައި މަރަދޫން މީދޫ ބަލިކުރީ 3-1 އިންނެވެ. މަރަދޫގެ ގޯލްތައް ޖެހީ ހަސަން ލައުހާއި މުހައްމަދު ސަހާއު އަލީ އަދި ހަސަން އަތޫފެވެ. މީދޫގެ ހަމައެކަނި ގޯލް، ދުރު ޕެނަލްޓީއެއްގައި ޖަހައިދިނީ އަހުމަދު ވިޝާލެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މާދަމާ ހަވީރު އޮންނަ މެޗުތައް
16:00 ޅ. ނައިފަރު - ޅ. އޮޅުވެލިފުށި
16:00 ޅ. ހިންނަވަރު - ޅ. ކުރެންދޫ
17:00 ދ. ބަނޑިދޫ - ދ. މާއެނބޫދޫ
17:00 ބ. ފެހެންދޫ - ބ. ދަރަވަންދޫ
މާދަމާ ރޭ އޮންނަ މެޗުތައް
20:00 ތ. ތިމަރަފުށި - ތ. އޮމަދޫ
20:00 ތ. ވަންދޫ - ތ. ހިރިލަންދޫ
21:00 ތ. ކިނބިދޫ - ތ. ވިލުފުށި
21:00 ތ. ބުރުނި - ތ. ގާދިއްފުށި
22:00 އދ. އޮމަދޫ - އދ. ކުނބުރުދޫ
22:00 އދ. ހަންޏާމީދޫ - އދ. މަންދޫ
23:00 އދ. މަހިބަދޫ - އދ. ފެންފުށި
23:00 އދ. ދަނގެތި - އދ. މާމިގިލި
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް