ރާއްޖޭގެ ފުޓުބޯޅައަށް އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް، ޖޫން އެއްވަނަ ދުވަހު ފަށާ ގޮތަށް ތާވަލުކޮށް، ބަންގްލަދޭޝްއާއި ނޭޕާލްގެ އިތުރުން ސްރީ ލަންކާއަށް ދައުތުވަތު ދޭން އެފްއޭއެމްއިން ނިންމައިފިއެވެ.
ޑައިމަންޑް ޖުބިލީ ފާހަގަކުރުމަށް ހާއްސަ މުބާރާތެއްވެސް ބާއްވަން ހަމަޖައްސާފައިވާ އިރު، އެ މުބާރާތުގައި ވާދަކުރާކަން މިއަދު ސްރީ ލަންކާއިން ވަނީ ހާމަވެސް ކޮށްފައެވެ.
މުބާރާތް މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައިވެސް ވާ އިރު، އެ މުބާރާތުގެ ތާރީހު ކުރިން އޮތީ ޔަގީން ނުވެއެވެ. އެއީ މިއަހަރަކީ ވޯލްޑް ކަޕްވެސް އޮންނަ އަހަރަށް ވާތީއެވެ.
މުބާރާތް އެފްއޭއެމްއިން މިހާރު ތާވަލު ކޮށްފައި ވަނީ ޖޫން ދެއަކުން 15 އަށެވެ. އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕް ފަށާނީ ޖޫން 12 ވަނަ ދުވަހުއެވެ.
ޑައިމަންޑް ޖުބުލީގެ ހަރަކާތްތަކުގެ ތެރެއިން 19 އަހަރުން ދަށުގެ މުބާރާތެއްވެސް ބާއްވަން އެފްއޭއެމްއިން ނިންމާފައިވާ އިރު، އެ މުބާރާތުގެ ދައުވަތު ދީފައި ވަނީ ސީއެޗްއެސްސީ-މާލޭގެ އިތުރުން ހުޅުމާލެ، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށެވެ.
އޭގެ އިތުރުން މިއަދު އެފްއޭއެމް އެކްސްކޯއިން ނިންމާފައި ވަނީ އެ އިދާރާގެ އާއްމު ޖަލްސާ، މާޗު ހަތްވަނަ ދުވަހުގެ ރޭ ހެންވޭރު މީރުމާ ހޯލްގައި ބޭއްވުމަށެވެ.
މުޙައްމަދު ޝަމްޢޫން
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ