ލިވަޕޫލަށް ކުޅެމުންދިޔަ އުރުގުއާއީގެ ފޯވަޑް، ޑާވިން ނުނިއޭޒް، ސައުދީ އަރަބިއާގެ އަލް ހިލާލަށް ސޮއިކޮށްފިއެވެ.
ހިލާލުން ނުނިއޭޒް ގެންދިޔަ އަގު ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާތަކުން ވަނީ އެމައުލޫމާތު ލީކު ކޮށްލައިފައެވެ. ބައެއް ނޫސްތަކުން ބުނީ ނުނިއޭޒް ގެންދަން ހިލާލުން 53 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކި ކަމަށެވެ. އެއީ ސީދާ ޓްރާންސްފާ ފީ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އުމުރުން 26 އަހަރުގެ ނުނިއޭޒްގެ ފުލް ޕެކޭޖަށް 56.6 މިލިއަން ޕައުންޑްގެ އަގެއް ހިލާލުން ދެއްކި ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ހަބަރުތައް އިތުރަށް ބުނެފައި ވަނީ ނުނިއޭޒަށް ހަފުތާއަކު ގާތްގަނޑަކަށް ހަތަރު ލައްކަ ޕައުންޑް މުސާރައިގެ ގޮތުގައި ޖެހޭނެ ކަމަށެވެ. އަދި ފުލް މުސާރައިގެ ގޮތުގައި ސީޒަނަކަށް 20 މިލިއަން ޕައުންޑް ނުނިއޭޒަށް ޖެހޭނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ނޫސްތަކުން ބުނީ ނުނިއޭޒް ހިލާލަށް ބަދަލުވުމުން ލިވަޕޫލުގައި ލިބެމުންދާ މުސާރައިގެ ތިން ގުނަ މުސާރައެއް އޭނާ ލިބޭނެ ކަމަށެވެ.
ނުނިއޭޒް ލިވަޕޫލް ދޫކޮށްލީ އޭނާއަށް އެންމެ ފުރިހަމަ ފޯމެއް ނުދެއްކި ކަމަށް ބައެއް ސަޕޯޓަރުން ދެކެއެވެ. ބެންފިކާއިން 2022 ވަނަ އަހަރު ސޮއިކުރި ފޯވަޑް ނުނިއޭޒް، ލިވަޕޫލަށް ބަދަލުވީ 75 މިލިއަން ޔޫރޯއަށެވެ. މިހާތަނަށް ލިވަޕޫލަށް 143 މެޗު ކުޅެ، އޭނާއަށް ކާމިޔާބުކުރެވުނީ 40 ގޯލެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް