އިންޑިއާ ސަރުކާރުން، ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއަށް 72 ވެހިކަލް ހަދިޔާކޮށްފިއެވެ.
އިންޑިއާއިން އެ ވެހިކަލްތައް، އެމްއެންޑީއެފްއަށް ހަދިޔާކުރީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން އެ ވެހިކަލްތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ މޯދީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވެހިކަލްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ އުޅަނދުތަކަކީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މިއަހަރުގެ ކުރީކޮޅު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންހާ އެކު ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުން ދޭން ނިންމި ވެހިކަލްތަކެކެވެ.
އިންޑިއާ ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކުރި ވެހިކަލްތައް:
- 27 ގޮނޑީގެ އަށް ބަސް
- 10 ޕިކަޕް
- ކުޑަ 10 ވޭން
- 10 ވޭން
- ފަަސް ލޮރީ
- އަށް ޓްރެކްޓަރު
- ހަތަރު ޓިޕާ ޑަމްޕް ޓްރަކް
- ހަތަރު ބެކްހޯ ލޯޑަރު
- ދެ ކެރޭން
- ހަ މިނީ އެކްސްކަވޭޓަރު
- ފަސް އެކްސްކަވޭޓަރު
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް