ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު ބޭރުގެ ތިން މަސްބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ތިން މަސްބޯޓު އަތުލައިގެންފައިވަނީ ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން އެ ތިން މަސްބޯޓު، ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ރޭގެ ވަގުތެއްގައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓުތައް މާލެ ގެނެއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.