މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނަމަ، އެލެހާންޑްރޯ ގާނާޗޯ ދެން ދާން ބޭނުންވަނީ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ކުޅެވޭނެ ކްލަބަކަށް ކަމަށް ނޫސްތައް ބުނެއެވެ.
ނޫސްތައް ބުނީ ޔުނައިޓެޑް ކޯޗު، ރުބެން އަމޯރިމް މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޓީމުގައި ތިބި އޭނާ ބޭނުން ނުވާ ކުޅުންތެރިން ފޮނުވައިލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މާކަސް ރަޝްފޯޑު، ލޯނެއްގައި ބާސެލޯނާއަށް ފޮނުވާލާފައިވާ އިރު، ގާނާޗޯއަކީވެސް އަމޯރިމް ބޭނުން ނުވާ ކުޅުންތެރިއެއް ކަމަށް ނޫސްތައް ބުނެއެވެ.
ހަބަރުތައް ބުނި ގޮތުގައި ގާނާޗޯއަށް ޗެލްސީގެ އިތުރުން އެސްޓަން ވިލާވެސް ފާރަލަމުންދެއެވެ. އޭގެ އިތުރުން ސައުދީ ލީގުގެ ބައެއް ކްލަބުތަކުންވެސް އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ވިލާގެ ކޯޗު، އުނައި އެމެރީ ބުނީ ގާނާޗޯއަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ސްޓައިލަށް ފިޓް ވާނެވެސް ކުޅުންތެެރިއެއް ކަމަށެވެ.
އެމެރީގެ ވާހަކަތައް އެހެން ހުރި ނަމަވެސް، މީޑިއާތައް ބުނީ ގާނާޗޯ ވިލާއަށް ދާން ބޭނުން ނުވާ ކަމަށެވެ. އެއީ ވިލާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ނުކުޅޭނެތީ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ވިލާއިން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުޅުނު ނަމަވެސް، އެޓީމުން އެ ސީޒަނުގެ ލީގުގައި ނިންމާލީ ހަވަނައިގައެވެ. އެހެންކަމުން އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކަށް ވިލާއިން ކުޅޭނީ ޔޫރޮޕާ ލީގުގައެވެ.
ގާނޯޗޯއަކީ ޔުނައިޓެޑްގެ އެކަޑެމީ ޕްރޮޑަކްޓެކެވެ. އޭނާ ވަނީ އެ ކްލަބަށް 144 މެޗު ކުޅެ، 26 ގޯލު ޖަހައިދީފައެވެ.
މުޙައްމަދު ޝަމްޢޫން
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް