ކެމަރޫންގެ މިޑްފީލްޑަރު ބްރަޔަން އެމްބުއޭމޯ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބު ކޮށްފިއެވެ.
ބްރެންޓްފޯޑަށް ކުޅެމުން ދިޔަ އެމްބުއޭމޯ ގެންދަން ޔުނައިޓެޑުން ވަނީ ކުރިއާލައި މަސައްކަތް ފަށައިފައެވެ. ޓްރާންސްފާ މާކެޓް ހުޅުވުނު ހިސާބުން ފެށިގެންވެސް ޔުނައިޓެޑުން އެމްބުއޭމޯ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ އިރު، އެ ކްލަބުން ފުރަތަމަ ބެލީ އަގު ކުޑަކޮށްގެން ޓްރާންސްފާ ނިންމޭތޯ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
އިތުބާރު ނޫސްތަކުން ބުނީ މިދިޔަ ދެ ހަފުތާ ދުވަސް ތެރޭގައި ޔުނައިޓެޑާއި ބްރެންޓްފޯޑުގެ އޮފިޝަލުން ތަކުރާރުކޮށް ބައްދަލުކޮށްފައިވާ ކަމަށާއި، ބްރެންޓްފޯޑުން އެންމެ ފުރަތަމަވެސް ޑިމާންޑް ކުރީ ޖުމުލަ 70 މިލިއަން ޕައުންޑްގެ އަގަކަށް ކަމަށެވެ.
އެއަށްވުރެ ކުޑަކޮށް ބިޑް ކޮށްފިނަމަ ރިޖެޓް ކުރާނެކަން އެނގޭތީ ޔުނައިޓެޑުން އެކަމަށް ތަކުރާރުކޮށް މަޝްވަރާ ކުރި ކަމަށް ނޫސްތައް ބުނެފައިވެއެވެ. ޔުނައިޓެޑުން އެމްބުއޭމޯ ގެންދަން މިއަދު އެއްބަސްވި އަގަކީ 65 މިލިއަން ޕައުންޑްގެ އަގަކާއެކު އިތުރު ފަސް މިލިއަން ޕައުންޑްގެ ބޯނަހެއް ދޭ ގޮތަށް ކަމަށް އިތުބާރު ނޫސްތައް ވަނީ ޔަގީން ކޮށްދީފައެވެ.
އުމުރުން 25 އަހަރުގެ އެމްބުއޭމޯއަކީ މިދިޔަ ސީޒަނުގެ ލީގުގައި 20 ގޯލު ޖަހައިދީފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އެމްބުއޭމޯ ދެއްކި ކުޅުމާއެކު ގިނަ ކްލަބުތަކަކުން އޭނާ ގަތުމަށް ޝައުގުވެރިވެފައިވެއެވެ.
އެގޮތުން ކުރިން ބްރެންޓްފޯޑުގައި އެމްބުއޭމޯއަށް ކޯޗުކަން ކޮށްދިން ތޯމަސް ފްރޭންކް ދާދިފަހުން ހަވާލުވި ޓޮޓެންހަމްއިންވެސް ވަނީ ބްރެންޓްފޯޑާއެކު މަޝްވަރާ ކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް