ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދަން ފޯވަޑެއް ގެންދިޔުމުގެ މަސައްކަތުގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީގެ ސެނެގާލް ފޯވަޑް ނިކޮލަސް ޖެކްސަން ގެންދަން މަަސައްކަތް ކުރަމުންދާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
މިދިޔަ ދެ ސީޒަނުގައިވެސް ޗެލްސީގެ އެއް ނަމްބަރު ފޯވަޑަކީ ޖެކްސަންއެވެ. އޭނާ ވަނީ 81 މެޗުގައި 30 ގޯލު އެ ކްލަބަށް ޖަހައިދީފައެވެ. އެހެން ނަމަވެސް، ޖެކްސަންގެ ފޯމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް ޖެކްސަން އަތުން ގެއްލިގެންދާ ފުރުސަތުތަކުގެ އަދަދު ގިނަކަމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ޖެކްސަންގެ ބަދަލުގައި ޖުއާއޯ ޕެޑްރޯއާއި ލިއަން ޑެލަޕްގެ ބޭނުން ހިފުމަށް ޗެލްސީން ތައްޔާރުވަމުންދާ އިރު، ޖެކްސަން މިހާުރު ހުރީ ކްލަބު ދޫކޮށްލާ ގޮތަށް ކަމަށްވެސް ބައެއް ނޫސްތައް ބުނެއެވެ.
ޖެކްސަން ހޯދުމުގެ މަޝްވަރާތަކުގައި އާސެނަލްވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވި ކަމަށް ނޫސްތައް ބުނާ އިރު، މިވަގުުތު އެންމެ ބޮޑަށް ޖެކްސަންއަށް މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނަނީ ޔުނައިޓެޑެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ ކުރިއަށް ކުޅުނު ރަސްމުސް ހޮއިލުންޑާއި ޖޯޝުއާ ޒީކްޒީއަށް 49 މެޗުގައި އެންމެ ހަތް ގޯލު ޖެހުނު އިރު، އެޓީމުން ފޯވަޑެއް ހޯދަން މަސައްކަތް ކުރަނީ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް