ފްރާންސް އަދި ޕީއެސްޖީގެ ހުނަރުވެރި އެޓޭކަރު ބްރެޑްލީ ބާކޯލާ ގެންދަން ލިވަޕޫލުން ޕީއެސްޖީއާއެކު 120 މިލިއަން ޕައުންޑަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
ބާކޯލާ، 23، ހޯދަން ލިވަޕޫލުން މަސައްކަތް ކުރަމުން ދަނީ މުހައްމަދު ސަލާހް ނެތްތައް ފޫބެއްދުމަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ސަލާހް، ނުވަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމައި، އެކަން އިއުލާނުކުރީ މިދިޔަ ސީޒަން ނިމުނުތަކުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ލިވަޕޫލަށް މޮޅަށް ކުޅުނު ސަލާހް ނެތްތައް ފޫބައްދަން ލިވަޕޫލުން އެންމެ ފުރަތަމަވެސް ގެންދަން ބޭނުންވީ ޔޭން ޑިއޮމާންޑޭ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ.
ހަބަރުތައް ބުނީ ޕީއެސްޖީން 145 މިލިއަން ޕައުންޑްގެ އަގެއް ބާކޯލާއަށް ކީ ނަމަވެސް ލިވަޕޫލުން ސީދާ އެ އަގު ދޭން އެއްބަސް ނުވާ ކަމަށެވެ. އެހެން ނަމަވެސް ޕެކޭޖުގެ އަގު 120 މިލިއަން ޕައުންޑަށް އަރާ އިރު، ސީދާ ޓްރާންސްފާ ފީއަކީ 100 މިލިއަން ޕައުންޑް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ބާކޯލާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ.
ފްރާންސްގެ ފޯވަޑްގެ އިތުރުންވެސް ލިވަޕޫލުން ދަނީ އިތުރު ބައެއް ވިންގުން ގެންދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބްރައިޓަންއަށް ކުޅެމުންދާ ޔަކޫބާ މިންޓޭއާއާއި ކްރިސްޓަލް ޕެލެސްގެ ވިންގް. އިސްމައިލާ ސާ ގެންދަންވެސް ލިވަޕޫލުން މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް