ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
ނަޝީދު އެ ޝައުގުވެރިކަން ފާޅުކުރެއްވީ އެމްޑީޕީގެ އިސް މެމްބަރުންނަށް ފޮނުއްވި ޓެކްސްޓް މެސެޖެއްގައެވެ.
އެ މެސެޖުގައި ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވުމާ ގުޅޭގޮތުން އެ މެންބަރުންގެ ހިޔާލަށް އެދިވަޑައިގެންފައެވެ.
"ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނެވުމަށްފަހު އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގެންނެވީ 21 ޖޫން 2023 ގަ އެވެ. އެއީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުއާ ދެމެދު ސިޔާސީ މައްސަލަތަކެއް ޖެހި އެ ޕާޓީގެ ތެރެއިން ދެ ފެކްޝަނެއް އުފެއްދި ހިނގި ކޯޅުމެއްގެ ތެރެއިންނެވެ.
އެ ކޯޅުމުގެ ތެރެއިން އެމްޑީޕީގައި ތިބި ނަޝީދަށް ތާއީދުކުރައްވާ އޭރުގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްއާއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ހާމަކުރުމުން ގިނަބަޔަކު ހީކުރީ އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ނަޝީދު ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ އްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު އެވެ.
ރިޔާސީ އިންތިހާބަށްފަހު ދަ ޑިމޮކްރެޓްސްގެ އިސްވެރިންތައް އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކުރެއްވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އިންތިހާބުވެވަޑައިގެންފައިނުވެއެވެ.
ޑިމޮކްރެޓްސްގެ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުން މިހާރު ވަނީ އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރަނގަޅީ ކުރިމަތި ނުލުން. ތިމާގެ ޢިއްޒަތާ ޤަދަރު ތިމާ ނުހިފަހައްޓާ މިންވަރަކުން ހިފަހައްޓާނެ އަނެކަކު ނުވާނެ.
ހާއުފާ - 1 އަހަރު ކުރިން