އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ރަނިންމޭޓް އިއުލާންކުރާތީ، އެކަމާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާފައި މިވަނީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރެއްވި އިރު، ރަނިންމޭޓަކަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ހަމަޖެއްސެވުމަށް ނިންމަވާފައިވާކަން ވެސް އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން ރަނިންމޭޓެއް އިއުލާންކުރައްވާކަމީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޕާޓީ އިލެކްޝަނަށް ނުކުންނަ އިރު، އެހެން ޕާޓީތަކާ ވާހަކަދައްކައި، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަކަށް ތިބެން ބޭނުންތެރި. ރަނިންމޭޓްކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ ނެގޯސިއޭޝަންގައި ލެވަރޭޖެއް. އެ ލެވަރޭޖް ގެއްލޭގޮތަށް ކެންޑިޑޭޓުން އަމަލު ނުކުރައްވާނެ ކަމަށް އުންމީދުކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްދަވާ ގޮތެއް ވެސް ބެލުން ބޭނުންތެރި ކަމަށާއި އެއްބުރުން އެމްޑީޕީ މޮޅުވާނެ ފޯމިއުލާއެއް ހޯދުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. ވެރިކަން ހިންގާ، ޕީއެންސީ ރޫޅޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރަނިންމޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ފަަދަ ބޭފުޅެއް ނޫން ކަމަށް ދެކެންވީ ސަބަބެއް ވެސް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ފާއިތުވެދިޔަ ރިިޔާސީ އިންތިހާބުތަކުގައި ރަނިންމޭޓް ސްލޮޓް ވެސް އެ ޕާޓީން ނެގުމުން ނާކާމިޔާބުވީކަން ވެސް ފާހަގަކުރައްވައިފައެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް