ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިިނިސްޓްރީން މިއަދު ބުނީ އެކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ.
ސްކޮލާޝިޕަށް ހުޅުވާލީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތުތަކެއް ކަމަށާއި މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތާއި ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ހުޅުލާފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލުކުރުމަށްދޭ ހާއްސަ ސްކޮލާޝިޕްގެ ފުރުސަތެއް ކަމަށާއި ރާއްޖެއިން ފުރުސަތު ހުޅުވާލީ، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށް ކަމަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދޭން ހަމަޖެހިފައިވާ ދާއިރާތައް:
- މާސްޓާސް އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – ހަ ފުރުސަތު.
- މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – ތިން ފުރުސަތު.
- އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – ފަސް ފުރުސަތު.
- (eMIF by INCEIF) މާސްޓާސް އޮފް އާޓްސް އިން ޝަރީއާ – ތިން ފުރުސަތު.
- މާސްޓާސް އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – ތިން ފުރުސަތު.
ރާއްޖެއިން ބޭރުން ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުސަތު:
މި ފުރުސަތުތައް ހުޅުވާލާފައިވަނީ މެލޭޝިއާ، ބުރުނާއީ، ސައުދީ، މިސްރު އަދި ސާކްގެ ގައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތެވެ.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.
- މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ ދެ ފުރުސަތު.
- މާސްޓާސްގެ ހަ ފުރުސަތު.
- ޕީއެޗްޑީ ނުވަ ފުރުސަތު.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:
- ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - ދެ ފުރުސަތު.
- މާސްޓާސް އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – ދެ ފުރުސަތު.
- މާސްޓާސް އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - އެއް ފުރުސަތު.
- މާސްޓާސް އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - އެއް ފުރުސަތު.
- މާސްޓާސް އޮފް އިސްލާމިކް ސައިންސް - އެއް ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – އެއް ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – އެއް ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – އެއް ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ އިން ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – އެއް ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – ދެ ފުރުސަތު.
- ޑރ. އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – ދެ ފުރުސަތު.
- މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު.
- ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - އެއް ފުރުސަތު.
މީގެ އިތުރުން 13 ހާއްސަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުލާފައިވާ ކަމަށާއި އެ ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ގައުމުތަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިސްރުގެ ޔުނިވާސިޓީތަކުގެ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އަދި ސައުދީގެ މަދީނާ ޔުނިވާސިޓީ، ގަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީވެސް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކިޔަވާ މާއްދާތަކުގެ ތެރޭގައި ޝަރީއާ، އަލްގަލޯ، ތަފްސީރު، ހަދީސް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީން ފަދަ އިސްލާމީ މާއްދާތައް ހިމެނޭ ކަމަށެވެ. އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް، ކިޔެވުމަށްދާ އިތުރު ހަރަދުތައް) 10 ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުންވެސް ސުޕާ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ވެސް ފުރުސަތަކަށް ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ