ކުރިއަށް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އަލަށް ބިނާކުރަމުންދާ 14 މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މީޑިއާތަކަށް މިއަދު ފޮނުއްވި މެެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް އިމާރާތްކުރުމުގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ ރޯދަމަހަށް ހުޅުވުމަށް ތާވަލުކޮށްފައިވާ މިސްކިތްތަކުގެ ތެރޭގައި، ހުޅުމާލޭގައި އަލަށް ތަރައްގީކުރާ ދާއިމީ ތިން މިސްކިތެއްވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނި ގޮތުގައި، އެކި ސަރަހައްދުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ. އަދި މި އަހަރުގެ ތެރޭގައިވެސް އިތުރު މިސްކިތްތަކެއްގެ އަމަލީ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ނިމިދިޔަ ރޯދަމަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް 15 މިސްކިތެއް ބިނާކޮށް، ނަމާދުކުރަން ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް