މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.
މިދިޔަ ހަފުތާގައި އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ޝަމްއާންވަކިކޮށް އޭނާ ހައްޔަރުކޮށް ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެނައި ބިދޭސީއަކު، އޭނާގެ އޯޑަރަށް ދޫކޮށްލައި، އެ ބިދޭސީ މީހާ އަތުން 530،000 ރުފިޔާ ހޯދި މައްސަލައިގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ޝަމްއާން ބަންދުކުރުމުން އޭނާގެ ފަރާތުން ވަނީ މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ އިއްޔެ ނިންމެވީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
އެ މައްސަލައިގައި ޝަމްއާނުގެ އިތުރުން އިތުރު ހަތަރު މީހަކުވެސް ހައްޔަރުކުރިއެވެ. އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި އިތުރު ދެ މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
އަލީ ޔާމިން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު