މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި މަހުގެ 20ގެ ނިޔަލަށް ރާއްޖެއަށް ވަނީ 597،747 ފަތުރުވެރިން އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ދުވަހު ރާއްޖެއަށް އެވްރެެޖުކޮށް 6،000 އަށް ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަދިވެސް އައިސްފައިވަނީ ޗައިނާއިންނެވެ. ދެ ވަނައަށް ރަޝިއާއިން އައި އިރު ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ
ރާއްޖެއަށް އައި ފަތުރުވެރިންގެ 69 ޕަސަންޓު އައީ ރިސޯޓުތަކަށެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ގެސްޓްހައުސްތަކަށެވެ. އެއީ 25 ޕަސެންޓެވެ. ލިވަބޯޑްތަކަށް 2.4 ޕަސަންޓު ފަތުރުވެރިން އައި އިރު، ހޮޓެލް ތަކަށް އަދީ އެންމެ 2.6 ޕަސަންޓު ފަތުރުވެރިންނެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން އައި ފުރަތަމަ އަހަރެވެ. ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު