ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ތިނެއްގެ ފުރަތަމަ މެޗުތައް، ޗެމްޕިއަން ބ. އޭދަފުއްޓާއި ކ. ކާށިދޫން ކާމިޔާބުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޒޯން ތިނެއްގެ މެޗުތައް ފަށައިފައެވެ. އެ ޒޯނުގައި ވާދަކުރަނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަޕް ކާށިދޫގެ އިތުރުން ބ. އަތޮޅުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫއެވެ.
އެ ޒޯނުގައ އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށިން ރޭ ކުރެންދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މުހައްމަދު ފާސިރު (ފާއްޓެ)ގެ ދެ ގޯލުގެ އިތުރުން ދެން އޭދަފުށިން ކާމިޔާބުކުރި ގޯލަކީ ކުރެންދޫގެ މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުރެންދޫގެ ގޯލު ޖެހީ މުހައްމަދު ނަބީހެވެ.
ކ. އަތޮޅުގެ ފައިނަލުގައި ވާދަކުރި މާފުއްޓާއި ކާށިދޫ ރޭ ޒޯނުގައި ކުޅުނު މެޗު ކާށިދޫން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ކ. އަތޮޅު ފައިނަލުގައި މާފުށިން ކާށިދޫ ބަލިކުރި ނަމަވެސް ރޭގެ މެޗުގައި ކާށިދޫ ފެނުނީ މާ ބޮޑަށްވެސް ތަފާތު ކޮށެވެ. ކާށިދުއަށް މެޗުގައި ގޯލުތައް ޖަހައިދިނީ އަކްމަލް މުހައްމަދު (އަކޫބެ) އާއި އަބްދުﷲ ސުޒައިރު އަދި އަޖުލާން އަބްދުލް ހައްނާނެވެ.
މާފުށީގެ ހަމައެކަނި ގޯލު ޖެހީ އިސްމާއީލް މަފާޒް އިބްރާހީމެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)
ގްރައުންޑް 2: އއ. ތޮއްޑޫ - އއ. މަހިބަދޫ (ޒޯން 4)
21:00
ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ޒޯން 2)
ގްރައުންޑް 2: ރ. ދުވާފަރު - ނ. މިލަދޫ (ޒޯން 2)
22:00
ގްރައުންޑް 1: ގއ. ދެއްވަދޫ - ގދ. ވާދޫ (ޒޯން 7)
ގްރައުންޑް 2: ގއ. ވިލިނގިލި - ޏ. ދަނޑިމަގު (ޒޯން 7)
23:00
ގްރައުންޑް 1: ސ. ހިތަދޫ - ސ. ފޭދޫ (ޒޯން 7)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް