ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އަތޮޅު ބުރުގެ ށ. އަތޮޅު ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތައް، އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ކަނޑިތީމާއި މިލަންދޫގެ އިތުރުން ބިލެތްފަހި އަދި ނަރުދޫ ކާމިޔާބު ކޮށްފިއެވެ.
ށ އަތޮޅުން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ 8 ޓީމަކުން ބައިވެރިވެފައިވާ އިރު، މެޗުތައް ކުޅެމުން އަންނަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ އަތޮޅު ގްރޫޕް އެކެއްގައި ރޭ ޗެމްޕިއަން ކަނޑިތީމުން މަރޮށި ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ފޭދޫ ކައިރިން މިލަންދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ކަނޑިތީމު ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަލީ ރިޒާނެވެ.
މިލަންދޫން ފޭދޫ ކޮޅަށް ޖެހި ގޯލުތައް، އަހުމަދު ޝަނީއާއި އިބްރާހީމް ޒާހީ ޖެހި އިރު، އެ މެޗުގައި ފޭދޫގެ ގޯލު ޖެހީ މާއިލް މުހައްމަދެވެ.
އެ އަތޮޅުގެ ގްރޫޕް ދޭއްގައި ގޮއިދުއާއި ބިލެތްފަހި ވާދަކުރި މެޗު 2-1 އިން ބިލެއްފަހި ކާމިޔާބުކުރި އިރު، ނަރުދޫން ޅައިމަގު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ބިލެތްފަހިން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އިމާނާއި އަލީ އިރުފާދެވެ. ގޮއިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝައުފާނެވެ. ނަރުދޫން ޅައިމަގު ބަލިކުރި މެޗުގައި ނަރުދޫގެ ގޯލުތައް ޖެހީ މުހައްމަދު ނާއިޒާއި ހަސަން ފައިރޫޒެވެ. ނާއިޒް ދެ ގޯލު ޖެހި އިރު، ޅައިމަގުގެ ދެ ގޯލުވެސް ޖެހީ އަބްދުލް ކަރީމް އަހުމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނައިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.
20:00
ގްރައުންޑް 1: ފ. ނިލަންދޫ - ފ. ބިލެއްދޫ
ގްރައުންޑް 2: ފ. މަގޫދޫ - ފ. ފީއަލި
21:00
ގްރައުންޑް 1: އއ. ބޮޑުފޮޅުދޫ - އއ. ފެރިދޫ
ގްރައުންޑް 2: އއ. ހިމަންދޫ - އއ. މާޅޮސް
22:00
ގްރައުންޑް 1: އއ. މަތިވެރި - އއ. ރަސްދޫ
ގްރައުންޑް 2: އއ. ތޮއްޑޫ - އއ. އުކުޅަސް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް