ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގުން ފޯރުކޮށްދެމުން ގެންދާ ހައި ސްޕީޑް އިންޓަނެޓްގެ އެހީތެރިކަން އަންނަ އަހަރަށްވެސް އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ފޯރުކޮށްދޭން ނިންމައިފިއެވެ.
އަމާން ވެށި އަދި އަމާން ހިޔާތަކަކީ ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން ހަލުވި ސްޕީޑްގައި ދިރާގު ފައިބާ އިންޓާނެޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އެފްސީއެސްސީތަކަށް ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ބ. އޭދަފުށި، ށ. ފުނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ނ.މަނަދޫ، ޅ. ނައިފަރު، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ސ. ހިތަދޫ ގައި ހިންގާ އެފްސީއެސްސީތަށް ހިމެނެއެވެ.
ދިރާގުން ބުނީ، ކުޑަކުދިން ރައްކާތެރިކުރުމާއި ޒުވާނުން ބާރުވެރިކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައިވެސް ދިރާގުން ވަނީ އެ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އެކި އެންޖީއޯތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާގުން އަބަދުވެސް އިސްކަންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު