ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކިލިއަން އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެ، ބައެއް މެޗުތައް ގެއްލޭނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
އެމްބާޕޭ ރެއާލާ ގުޅިފައިވަނީ މި ސީޒަންގައެވެ. އެއީ ޕީއެސްޖީއާއެކު އޭނާވެފައިވާ އެއްބަސްވުން ހަމަވުމާއެކު ހިލޭ ޓްރާންސްފާއެއްފައެވެ. ރެއާލަށް އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް އެމްބާޕޭ ގޯލު ޖަހާފައިވާ އިރު، ރޭ ޑެޕޯޓިވޯ އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ގޯލު ޖެހިއެވެ. އެ މެޗުގެ 80 ވަނަ މިނެޓުގައި އެމްބާޕޭ އަމިއްލައަށް އެދުމުން އޭނާ ބާލާފައިވެއެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ އެމްބާޕޭއަށް އަނިޔާއެއް ނުވާ ކަމަށާއި، މާ ބުރަ ބޮޑުވެ، އަނިޔާއެއް ވެދާނެ ކަމަށް އެމްބާޕޭ އަމިއްލައަށް ބަދަލުކުރަން އެދުނު ކަމަށެވެ.
އެހެން ނަމަވެސް ރެއާލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 25 އަހަރުގެ އެމްބާޕޭގެ ވާތު ފައިގެ ފަލަމަސްގަނޑުގެ "ފެމޮރިސް"އަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަނިޔާގެ ތަފްސީލު ކުރިއަށްއޮތް ދުވަސްތަކުގައި ކައިރިން ބަލަމުންދާނެ ކަމަށްވެސް ރެއާލުން ބުންޏެވެ.
ބެލެވޭ ގޮތުގައި އެމްބާޕޭއަށް ރެއާލުން ލީގުގައި އަންނަ ހަފުތާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް މެޗާއި، ޗެމްޕިއަންސް ލީގުގައި ލިލްއާ ދެކޮޅަށް ކުޅޭ އޮތް މެޗުވެސް ގެއްލޭނެއެވެ. އަދި އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ވިލަރެއާލާ ދެކޮޅަށް ކުޅެން އޮތް ލީގު މެޗުވެސް އެމްބާޕޭއަށް ގެއްލިދާނެ ކަމަށް ބެލެވެއެވެ.
އެމްބާޕޭ ވަނީ މިހާތަނަށް ރެއާލަށް ކުޅުނު ހަތް މެޗުގައި ހަ ގޯލު ޖަހައިފައެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ