ޔޫއެފާ ނޭޝަންސް ލީގުގެ ލީގު ބީގައި ރޭ އިންގްލެންޑުން ކުޅުނު މެޗުގައި ރިޕަބްލިކް އޮފް އަޔަލޭންޑް ބަލިކުރި އިރު، .ލީގު އޭގައި ރޭ ޖަރުމަުން ކުޅުނު މެޗުގައި ހަންގޭރީ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.
އިންގްލެންޑުން ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅެ، ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލުގައި ބައްޔަކާ ކުރިމަތިލާފައިވާ އިރު، އެ މުބާރާތަށްފަހު ކޯޗު ގެރެތު ސައުތުގޭޓް ވަނީ ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފައެވެ. އޭގެފަހުން މިވަގުތު ވަގުތީ ގޮތުން އިންގްލެންޑް ކޯޗުކަމާ ހަވާލުކުރީ ލީ ކާސަންއެވެ.
ލީ ކާސަންގެ ކޯޗުކަމުގެ ދަށުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ޑަބްލިންގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގައި އިންގްލެންޑަށް ގޯލުތައް ޖަހައިދިނީ އާސެނަލްގެ ޑެކްލަން ރައިސްގެ އިތުރުން ޔުރޯ ސްކޮޑުން ޖާގަ ނުލިބުނު ޖެކް ގްރީލިޝްއެވެ.
މީގެ ކުރިން އަޔަލޭންޑް ގައުމީ ޓީމަށް ބައެއް މެޗުތައް ކުޅުމަށްފަހު، 2019 ވަނަ އަހަރު ގައުމީ ޓީމު ބަދަލުކުރި ރައިސް މެޗުގައި ފުރަތަމަ ގޯލު ޖެހީ ހެރީ ކޭންގެ ހަމަލާއެއް ބްލޮކްވުމުން ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. 11 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގި އިރު، އެ ގޯލަށްފަހު ރައިސް އުފާފާޅުކޮށްފައެއް ނުވެއެވެ.
ދެންވެސް ރޭގެ މެޗުގައި އަޔަލޭންޑް ކޮޅަށް ޖެހީ އަޔަލޭންޑަށް އުފަން ކުޅުންތެރިއެކެވެ. އަޔަލޭންޑަށް ޔޫތު ލެވެލްގެ މުބާރާތްތައް ކުޅުނު ގްރީލިޝް އޭނާގެ ގޯލު ޖެހީ މެޗުގެ 26 ވަނަ މިނެޓުގައެވެ. އެ ގޯލަށްފަހު ކަންފަތަށް އިނގިލިން އިޝާރާތްކޮށް، ގްރީލިޝް ވަނީ އަޔަލޭންޑް ސަޕޯޓަރުން ކުރިމަތީގައި އުފާފާޅުކޮށްފައެވެ.
އިންގްލެންޑުން ރަނގަޅަށް ނޭޝަންސް ލީގު ފަށާފައިވާ އިރު، ރޭ ޖަރުމަނުން ވަނީ ހަންގޭރީ ކައިރިން 5-0 އިން މޮޅުވެފައެވެ. ޖަރުމަނުގެ ޑުސެލްޑޯފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަރުމަނުން ގިނަ ގޯލުތައް ޖެހީ ދެވަނަ ހާފުގައެވެ. އެޓީމުން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑެއްގައެވެ. އެ ގޯލު ޖެހީ ޖަމާލް މުސިއާލާގެ ބޯޅައަކުން ނިކްލަސް ފުލްކްރޫގެވެ.
ފުރަތަމަ ހާފުގައި ޖަރުމަނުން އެންމެ ގޯލެއް ޖަހައިގެން ލީޑުގައި ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން އެޓީމުން ވަނީ ފުލުފުލުގައި ގޯލުތައް ޖަހައިފައެވެ. އެގޯލުތައް ޖެހީ މުސިއާލާގެ އިތުރުން ފްލޯރިއަން ވާޓްޒް، އެލެކްސެންޑާ ޕަވްލޮވިޗް އަދި ކައި ހަވާޓްސްއެވެ. ހަވާޓްސް މެޗުގެ ފަހުކޮޅުގައި ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ.
ޖޫލިއަން ނަގެލްސްމަންގެ ކޯޗުކަމުގައި ޖަރުމަނުން ކުރިއެރުންތަކެއް ހޯދަމުންދާ އިރު، މިރޭގެ މެޗަކީ އެގައުމުން އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯއަށްފަހު ކުޅުނު ފުރަތަމަ މެޗެވެ. ޔޫރޯގައި ޖަރުމަނު ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމު ކެޓީ ޗެމްޕިއަން ސްޕެއިން އަތުންނެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު