ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މެލޭޝިޔާގެ ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްފިއެވެ.

މެލޭޝިޔާގެ ކޯ ހުއާން ބޫން އާއި ކިޔާ މީހަކާއި އެން ޖީ ތަމް ލިޕްގެ ބަންދުގެ ނުއްދަތު އެންމެ ފުތަމަ ޖަހާފައި ވަނީ ފަސް ދުވަހަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވާތީ، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމީހުން ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެއިން ކޮންމެ މީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މީގެ ތެރެއިން ކޯ ހުއާން ބޫން އަށް ވަކީލަކު އައްޔަން ވެފައިވީ ނަމަވެސް އެ ފަރާތާ ބައްދަލު ނުވާ ކަމަށް ފާހަގަކޮށްފައިވާތީ މި ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ވަކީލާ ބައްދަލު ކުރުމުގެ އިންތިޒާމު އޭނާއަށް ހަމަޖައްދައިދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުން ބަންދު ކުރުމަށް ނެރެފައިވާ ކޯޓު އަ މުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިންގެ ތުހުމަތާ ގުޅޭ ހެކި ގަރިނާ ހުށަހަޅާފައިވާ ކަމަށެވެ.