މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ޑިފެންޑަރު ލޫކް ޝޯއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.
މިދިޔަ ސީޒަނުގެ ބޮޑު ބައެއްވެސް އަނިޔާގައި ހޭދަކުރި ޝޯއަށް އަނިޔާވެފައި ވަނީ ޕްރި ސީޒަނުގެ ތަމްރީނުތަކުގައެވެ. ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާއާ އެކު ޝޯއަށް މި ސީޒަނުގެ ފެށުންވެސް ގެއްލޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. ބެލެވޭ ގޮތުގައި ރިހިބްލިޓޭޝަނަށްފަހު އޭނާ ދެން އެނބުރި ކުޅުމަށް އަންނާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައެވެ.
އުމުރުން 29 އަހަރުގެ ޝޯއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު ފަލަމަސްގަނޑުގެ އަނިޔާއެއްގެ ސަބަބުން އޭނާއަށް ވަނީ އެ ސީޒަނުގެ ބާކީބައިވެސް ގެއްލިފައެވެ. ޔުނައިޓެޑަށް ސެޕްޓެމްބަރު މަހު ފަހުން ފެށިގެން ނުކުޅެ ހުރި ނަމަވެސް، އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ނިމިދިޔަ ޔޫރޯ 2024 ގެ ސްކޮޑުގައި އޭނާ ހިމަނައިފައެވެ.
ޔޫރޯއަށް ދިޔައިރުވެސް ޝޯ އަނިޔާގައި ހުރި އިރު، ސައުތުގޭޓް އޭނާ ބޭނުންކުރަން ފެށީ ކުއާޓާ ފައިނަލް މެޗުތަކާ ހަމައިންނެވެ. ފައިނަލް މެޗުގައި ސްޕެއިނާ ދެކޮޅަށް ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ޝޯ، ޔޫރޯގައި ޖުމުލަ ކުޅެފައި ވަނީ 177 މިނެޓުގައެވެ. އެހެންކަމުން އަނެއްކާވެސް އިތުރު އަނިޔާއެއް ލިބުން ވެގެންދާނީ ޔުނައިޓެޑާއި ޝޯއަށް ބޮޑު މާޔޫސް ކަމަކަށެވެ.
ޝޯ ޔުނައިޓެޑާ ގުޅުނުފަހުން ރަނގަޅު ކުޅުމެއް ދައްކަމުންދާ ނަމަވެސް، އޭނާއަށް ދިމާވެފައިވާ އެންމެ ބޮޑު މާޔޫސްކަމަކީ އަނިޔާގެ މައްސަލައެވެ. ޔުނައިޓެޑާ ގުޅުނުފަހުންވެސް 20 ވަރަކަށް އަނިޔާއާ މިހާރު ޝޯ ކުރިމަތިލައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް