ރޭ ކުޅުނު ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މޮރޮކޯ ބަލިކޮށް، ސްޕެއިނުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ފުޓުބޯޅަ އިވެންޓްގެ ފައިނަލް ޔަގީން ކޮށްފިއެވެ.
ސްޕެއިނުން މީގެ ކުރިން 2020 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފައިނަލަށް ދިޔަ ނަމަވެސް، އެޓީމު ފައިނަލުގައި ވީ ބައްޔެވެ. އެފަހަރު ނުލިބި އޮތް ރަން މެޑަލް ހޯދަން ސްޕެއިނުން ފިޔަވަޅަކާ ގާތަށް ޖެހިލީ ރޭ މާސޭ ދަނޑުގައި ކުޅުނު މެޗުގައި 2-1 އިން މޮރޮކޯ ބަލިކޮށްގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއިން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. އެ ގޯލު ޖެހީ ސުފިޔާން ރަހީމީއެވެ. ރަހީމީއަކީ މޮރޮކޯ ސެމީ ފައިނަލާ ހަމައަށް ގެންދިޔުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިފަހަރުގެ އޮލިމްޕިކްސްގައި ހަ ގޯލު ޖަހައިފައެވެ.
ފުރަތަމަ ހާފު މޮރޮކޯ ލީޑުގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ސްޕެއިނުން ނަތީޖާ އަނބުރާލިއެވެ. ދެވަނަ ހާފުގައި ކުރީކޮޅުގައި ބާސެލޯނާގެ ފާމިން ލޮޕޭޒް، މޮރޮކޯ ފަހަތުން ލިބުނު ބޯޅައެއްގައި މެޗު އެއްވަރުކުރި އިރު، މެޗުން ސްޕެއިން މޮޅުވީ ފުރިހަމަ ވަގުތު ހަމަވާން ފަސް ވަރަކަށް މިނެޓަށް ވެފައި އޮއްވައެވެ.
އެ ގޯލު ޖެހީ ޖުއާންލޫ ސަންޗޭޒެވެ.
މޮރޮކޯއަށް ލޯ މެޑަލް މެޗު އަދި އޮންނާނެއެވެ. އެމެޗުގައި ނުކުންނަން ޖެހޭނީ މިސްރާ ދެކޮޅަށެވެ. ސްޕެއިނާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ފްރާންސެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް