އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ރަޝިއަން އޮލިމްޕިކް ކޮމިޓީ ސަސްޕެންޑް ކުރުމަށް އަޅާފައިވާ ފިޔަވަޅު ވަގުތީ ގޮތުން އުވާލައިފިއެވެ.
އައިއޯސީން ރަޝިއާ ސަސްޕެންޑް ކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ އެގައުމުން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ ކަމަށް ބުނެއެވެ. އެފަހަރު އައިއޯސީގެ އިތުރުން ފީފާ ފަދަ އެހެން ބޮޑެތި ކުޅިވަރު ޖަމިއްޔާތަކުންވެސް ރަޝިއާ ސަސްޕެންޑް ކޮށްފައިވެއެވެ. އަދިވެސް ރަޝިއާ އޮތީ ފީފާ ސަސްޕެންޝަނުގައެވެ.
އައިއޯސީން ބުނީ ރަޝިއާގެ ސަސްޕެންޝަން މިހާރު ވަގުތީ ގޮތުން އުވާލަން ނިންމާފައިވާ ކަމަށާއި، އެ ނިންމުން ނިންމީ ރަޝިއާގެ އޮލިމްޕިކް ކޮމިޓީގައި މިހާރު ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތަކަށް ނިސްބަތްވާ ކުޅިވަރު އޮގަނައިޒޭޝަންތައް ނުހިމެނޭތީ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތްތަނުގައިވެސް ނުކުރާނެ ކަމަށް ރަޝިއާ އެއްބަސްވެފައިވުމާއެކު ނިންމުން ނިންމީ ގާނޫނީ ލަފައާއެކުގައި ކަމަށްވެސް އައިއޯސީން ބުންޏެވެ.
އެ ނިންމުމާއެކު 2028 ވަނަ އަހަރު އެމެރިކާގައި އޮންނަ އޮލިމްޕިކްސްގައި ރަޝިއާ އެތުލީޓުން ފެނުމުގެ ފުރުސަތު އޮތް އިރު، އެގައުމަށް އަލުން ކުޅިވަރަށް ނުކުމެވެން އޮތީ އަދި އިތުރު އެންޓި ޑޯޕިން ކްރައިޓީރިއާތަކަކަށް ފެތޭ ނަމައެވެ. އަދި ރަޝިއާގެ ދިދަ ގޭމްސްތަކުގައި ބޭނުންކުރުމާމެދު އައިއޯސީން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މުޙައްމަދު ޝަމްޢޫން
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
ކޮމެންޓް