މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮލިމްޕިކް ދުވަސް ފާހަގަކޮށްފިއެވެ.
މިފަހަރު އޮލިމްޕިކް ދުވަސް ފާހަގަކުރުމަށް ރަސްމީކޮށް ހަރަކާތްތައް ގެންދިޔައީ ލ. ކުނަހަންދޫގެ އިތުރުން ގދ. ވާދޫ އަދި މާލޭގައެވެ. މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓް އޮތީ ހެންވޭރު ދަނޑުގައެވެ. 12 ކުޅިވަރު އެސޯސިއޭޝަނުގެ ފަރާތުން ސްޓޯލްތަކާއެކު ތަފާތު އެކި ހަރަކާތްތައް އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު، ކުޅިވަރު އާއިލާގެ ފަރާތްތަކާއި އާންމު ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
އިއްޔެގެ އިވެންޓް ފެނިގެން ދިޔައީވެސް މަޖާ، ގިނަ ބަޔަކަށް އުފާވެރި އެންމެންނާ ގުޅޭ މާހައުލެއް ފެނިގެން ދިޔަ އިވެންޓެއްގެ ގޮތުގައެވެ.
އެމްއޯސީން ބުނެފައި ވަނީ އަތޮޅު ތެރޭގެ ދެ ރަށް ކަމަށްވާ ކުނަހަންދުއާއި ވާދޫގައި ކުރިއަށް ގެންދިޔަ އިވެންޓްތަކުގެ ތެރޭގައި ހާއްސަ ރަން އެއްވެސް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. އިވެންޓްތަކުގެ ތެރެއިން އޮލިމްޕިކް ވެލިއުސްގެ މުހިއްމު ކަމަށާއި، އެކަމުގައި ރާއްޖޭން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ލިބިގެން ދާނެ ކަމަށްވެސް އެމްއޯސީން ބުނެފައިވެއެވެ.
މާލޭގައި ކުރިއަށް ދިޔަ އިވެންޓްގައި އެމްއޯސީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވަނީ އޮލިމްޕިކް ދުވަހުގެ މުނާސަަބަތުގައި ހިންގޭ ހަރަކާތްތަކުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭން އޮލިމްޕިކް ވެލިއުސް ދެމެހެއްޓުމުގެ މުހިއްމު ކަމަށާއި، ކުޅިވަރުން ރާއްޖެ އެއްބައިކުރުވާ ކަމަށްވެސް ސައްތާރު ފާހަގަކުރައްވާފައިވެއެވެ.
އެމްއޯސީން މާލޭގައި އިންތިޒާމުކުރި ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކީ ސްޕޯޓްސް ކޮމިޝަަނަރު މުހައްމަދު ތޮލާލެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކޮމެންޓް