ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެ އިންތިހާބު އެއްކޮށް ބާއްވަންޖެހޭ ގޮތަށް ހަދައިފިނަމަ، އިންތިހާބުތަކަށް މިހާރު ކުރާ ހަރަދުގެ ތެރެއިން 130 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރަަައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެންނެވެ.
އެ ދެ އިންތިހާބު އެއްފަހަރާ ބާއްވާ ގޮތަށް ގާނޫނު ބަދަލުކޮށްފިނަމަ ދިމާވާނެ ގޮންޖެހުންތަކަކީ ކޮބައިތޯ، މެންބަރުން ސުވާލު ކުރެއްވުމުން ފުއާދު ވިދާޅުވީ، އެކަމުން ދައްޗެއއް ކުރިމަތިނުވާނެ ކަމަށާއި، ވާނީ ފަސޭހަ ކަމަށެވެ. އެކަމުން ރައްޔިތުންނަށް ވެސް ވާނީ ފަސޭހަ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ..
ދެ އިންތިހާބު އެއްފަހަރާ ބޭއްވުމުން ވާން ހުރި ފައިދާތައް ތަފްސީލުކޮށް ދެއްވަމުން ފުއާދު ވިދާޅުވީ، އޭރުން އިންތިހާބުތަކަށް މިހާރު ހިނގާ ހަރަދުން ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ 130 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަަމަށެވެ.
އެކަމުގެ ސަބަބުންވާނެ އަނެއް ފައިދާ އަކީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުުވުން ކަމަށާއި، ދެ އިންތިހާބު އެއްފަހަރާ ބާއްވައިފި ނަމަ ޓާން އައުޓް 90 ޕަސެންޓަށް ވުރެން މަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު