ފަސިންޖަރުން ތިބި ޓީއެމްއޭގެ ބޯޓެއް ފުރަން އުޅުމުގެ ތެރޭގައި ކަނދެއް ހަލާކުވެ އަޑިއަށް ދަނީއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ޖެޓީގައެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގިއިރު އޭގައި ފަސިންޖަރުންވެސް ތިއްބެވެ. ނަމަވެސް އޭގެން މީހަކަށް އަނިޔާއެއްވިކަމެއް ސާފެއް ނޫނެވެ.
އެ ސަރަހައްދުގައި އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއުއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަދި އެމްއެމްޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަލީ ޔާމިން
ޓީއެމްއޭ
ޓީއެމްއޭ
ކޮމެންޓް