ދަރުވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ދަރުވަމަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަދި ފައްކާތައް ވަގަށް ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖާއެކު އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭ މިސްކިތެއްގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގި އިރު، މީގެ ހަފުތާއެއް ކުރިން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވަނީ ގެއްލުން ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު