ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ އިންޓަ މިލާނުން ކުޅުނު މެޗުގައި އެޓީމުން ހަނި މޮޅެއް ހޯދި އިރު، ޑޯޓުމަންޑް ކައިރިން ޕީއެސްވީ އެއްވަރު ކޮށްފިއެވެ.
ރޭ އިންޓައިން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ބޮޑުބައެއް މިދިޔަ އަހަރުގެ ރަނަރަޕް އިންޓައިން ކޮންޓްރޯލްކޮށްގެން ކުޅުނު އިރު، އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. ލައުޓާރޯ މާޓިނޭޒްގެ ނުރައްކާތެރި ދެ ހަމަލާއެއް އެތުލެޓިކޯގެ ގޯލު ބެލެހެއްޓި ޔޭން އޮބްލަކް މަތަކުރި އިރު، މެޗުގައި އިންޓަގެ ގޯލްކީޕަރު ޔޯން ސަމާ ނިންމާލީ ނުރައްކާތެރި ހަމަލާއަކާ ކުރިމަތި ނުލައެވެ.
ދެވަނަ ހާފުގައި އިންޓައިން ގޯލަކަށް ކުރި މަސައްކަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކޯ އަރްނާޓޮވިޗްގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، 79 ވަނަ މިނެޓުގައި ލީޑު ނަގައިދިނުމުގެ ކުރިން، އޭނާ އަތުން މުހިއްމު ބައެއް ފުރުސަތުތައް ބޭކާރުވެގެން ގޮސްފައިވެއެވެ.
އަރްނޯޓޮވިޗް ލީޑު ނެގީ މާޓިނޭޒްގެ ހަމަލާއެއް އޮބްލަކް އަތުގައި ޖެހިފައި ނުކުތުމުން ލިބުނު ރީބައުންސް ފުރުސަތުގައެވެ.
ރޭ ޕީއެސްވީ ދަނޑުގައި ޑޯޓުމަންޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޑޯޓުމަންޑްގެ ޑޮންޔެލް މާލެން ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި ޕީއެސްވީން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީއެއްގައެވެ. މަލިކް ޓިލްމޭންއަށް އޭރިއާ ތެރެއިން މެޓްސް ހުމެލްސް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީގައި ޕީއެސްވީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނެދަލޭންޑްގެ ފޯވަޑް ލޫކް ޑި ޔޮންގެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު