މާލޭ މާޔަރަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:00 އާ ހަމައަށެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 5:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ.
މީގެ ކުރިން ވޯޓު ފޮށިތައް 4:00 ގައި ބަންދުކުރާ ގޮތަށް އޮތް ނަމަވެސް އީސީއިން އެ ވަގުތު އިތުރުކުރީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެންނެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދަކީ 56،002 މީހުންނެވެ. މި ބައި-އިލެކްޝަންއަށް މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.
މާލޭ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ ފަސް ބޭފުޅުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ޝުއައިބު އަލީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދެވެ.
މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ވެސް މިއަދު ކުރިއަށް ދާނެއެވެ.
މި އިންތިހާބުގައި 620 މޮނީޓަރުންނާއި 197 އޮބްޒާވަރުންނާއި 165 ޕާޓީތަކުގެ މަންދޫބުން ހަރަކާތްތެރިވާނެއެވެ.
ލައިވް ބްލޮގް
ލައިވް ބްލޮގް
ލައިވް ބްލޮގް
ލައިވް ބްލޮގް