ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނިކޮށް، ބަންދުން ދޫކޮށްލި ފިލްމީ ތަރި މުހައްމަދު ޔުނާން، އަލުން ބަންދު ކޮށްދިނުމަށް ދައުލަތުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެދިއްޖެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، ޔުނާން، ދޫކޮށްލުމަށް އަމުރުކުރީ މި މަހުގެ 15 ދުވަހުގައެވެ. އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި މިދިޔަ އާދިއްތަ ދުވަހު އިސްތިއުނާފު ކޮށްފައެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، ޔުނާން ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުމަށާއި ޔުނާންގެ ދަރިންވެސް ހިމެނޭ ގޮތަށް ކުޑަކުދިންނާ އެކްސެސް ނުވުމަށާއި މައްސަލައިގައި އަނިޔާ ލިބުނު އެއްވެސް ފަރާތަކާ މުއާމަލާތް ނުކުރުމަށާއި ދިރިއުޅޭ ތަން ކޯޓަށް އެންގުމަށާއި މާލެއިން ނުވަތަ ރާއްޖެއިން ފުރާނަމަ ކޯޓުން ހުއްދަ ނެގުމުގެ އިތުރުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުމެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ޝަރުތުކޮށްފައިވާ ގޮތާއި ހިލާފަށް ޔުނާން ގެއިން ބޭރުގައި އުޅެފައިވާ ކަމަށެވެ. އެހެންވެ އޭނާ ބަންދުކޮށް ދިނުމަށް އަލުން ދަށު ކޯޓުގައި އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ދައުލަތުން، ޔުނާންގެ މައްޗަށް ކުރާ ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި ކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާއަކާއި އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންގެ މައްޗަށް އެންމެ މަދުވެގެން 110 ނުވަތަ ގިނަވެގެން 133 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި ދައުލަތުން ވަނީ ޔުނާންގެ އަނބިމީހާ ފާތިމަތު ރިހުލާގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެ ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރު އަދި ގިނަވެގެން 61 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ރިހުލާ، މާބަނޑުވުމުގެ ސަބަބުން ބަންދުން ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު