މެންޗެސްޓާ ޔުނައިޓެޑުގެ މިވަގުތު ހާލަތު އޮތް ގޮތުން، ކުޅުން "ކޮންސިސްޓެންޓް" ނޫން ނަމަވެސް، ބަލިނުކުރެވޭނެ ޓީމެއް ނޯންނާނެ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބޯންމައުތު ކައިރިން ބޮޑު ބައްޔެއްވެފައިވާ އިރު، އެޓީމަށް މި ހަފުތާ އޮތީ ބޮޑު ޗެލެންޖެކެވެ. ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ޔުނައިޓެޑުން މި ހަފުތާގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނަން އޮތީ މަޖުބޫރު މެޗަކަށެވެ. އެ މެޗުގައި ޔުނައިޓެޑުން ބަޔާން ބަލިކުރި ނަމަވެސް، އެޓީމަށް ގަދަ 16 އަށް ދެވެން އޮތީ އެ ގްރޫޕްގައި ކުޅޭ އަނެއް މެޗުގައި ގަލަޓަސަރާއީއާއި ކޯޕަންހޭގަން އެއްވަރުވެގެންނެވެ.
ބަޔާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ވާހަކަ މީޑިއާއާ ހިއްސާކުރަމުން ޓެން ހާގު ބުނީ ބަޔާންވެސް ބަލިކުރެވިދާނެ ކަމަށެވެ.
"އަހަރެމެން ޓީމު ކޮންސިސްޓެންޓް ނޫންކަން އެނގޭ. އެހެން ނަމަވެސް މެޗުތަކުގައި ދައްކާ ކުޅުން ރަނގަޅު. އަހަރެމެން ޓީމުގެ ރޫހު ރަނގަޅަށް އޮންނަ މެޗެއްގައި، އިދިކޮޅަށް ކޮންމެ ޓީމެއް ނުކުތް ނަމަވެސް، ބަލިކުރެވޭނެ،" ޓެން ހާގު ބުންޏެވެ.
ޓެން ހާގަށް ޔުނައިޓެޑްގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، އެންމެފަހުން އޭނާއާ ދެކޮޅަށް ތެދުވީ ބައެއް މީޑިއާތަކުންނެވެ. މީޑިއާތަކުން ބުނެފައިވަނީ ޓެން ހާގު އަތުން ޑްރެސިން ރޫމްގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ބައެއް ސީނިއާ ކުޅުންތެރިންނާ އޭނާއާ މައްސަލަ ގޯސް ކަމަށެވެ. އެހެން ނަމަވެސް އެ ނޫސްވެރިން ބޮއިކޮޓް ކޮށް، ޓެން ހާގު ވަނީ ވާހަކަތައް ދޮގުކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް