އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމަކީ ނަޝީދުގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ.
މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މަޖިލީހުން، ސަރުކާރަށް އަދި ސަރުކާރުން، މަޖިލީހަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން ކަމަށެވެ.
"ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތެރެއިން އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައި. ސަރުކާރުގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން މަޖިލީށް ލިބިގެންދާނެކަމަށް އިންތިހާބީ ރައީސް ފާހަގަކުރެއްވި" ޒިޔާއު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމާ ގުޅޭ ކަންކަން ވެސް ކުރައްވަމުންދާކަން ފާހަގަކުރައްވާފައި ކަމަށް ޒިޔާއު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ އިންތިހާބުގެ 45.26 ޕަސަންޓު ކާމިޔާބު ކުރައްވައިފައެވެ. އެއީ 101,394 ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދުސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ 85,698 ވޯޓެވެ. އެއީ 38.25 ޕަސަންޓެވެ. ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު