މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒު ވަނީ މިއަދު އެމްޕީއެލް ސަރަހައްދަށް ވަޑައިގެން މަޖޫރީންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވައިފައެވެ. މަޖޫރީން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ޕާކިންގެ ދަތިކަމާއި އިމާރާތަށް ދިމާވެފައިވާ ދަތިތައް ހިމެނެއެވެ.
އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ.
އަދި ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުން ފިޔަވާ، އިތުރު ނަމަވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށާއި އޭނާގެ ވެރިކަމެއްގައި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު