ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރިހިކޮކާގެ / ގދ. ތިނަދޫ މުހައްމަދު އަފާޒު ބިން އަބްދުﷲ (21އ) އެވެ.
ފުލުހުން ބުނީ އަފާޒު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، އޭނާއާ ގުޅުން ހުރި ކަމަށް ބެެލެވޭ، ތިނަދޫ ފުލެޓެއް ބަލައި ފާސްކުރި އިރު ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ތިންހަމާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވެއެވެ.
މި މައްސަަލައާ ގުޅިގެން އަފާޒުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ކޮމެންޓް