އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅައިގެ ސެމީފައިނަލަށް ނުގޮސް އިންޑިޔާ އާއި ޕާކިސްތާނު އާދީއްތަ ދުވަހު ކަޓައިފިއެވެ.
އިންޑިޔާ ބަލިވީ ކުއާޓަރ ފައިނަލުގައި ޖަޕާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުން ބަލިވުމާ ގުޅިގެން އިންޑިޔާއަށް ވޮލީގެ މެޑެއްޔެއްގެ އުންމީދު ވަނީ މުޅިން ގެއްލިފައެވެ. އިންޑިޔާއަށް ދެންއޮތީ މުބާރާތުގެ ފަސްވަނަޔާއި ހަވަނަ ކަނޑައެޅުމަށްޓަކައި ޕާކިސްތާނާ ވާދަކުރުމެވެ.
ކުއާޓަރ ފައިނަލްގައި ޕާކިސްތާނު ބަލިވީ އޭޝިއާގެ ވޮލީގައި އަރަމުން އަންނަ އެއްބާރު ކަމަށްވާ ގަތަރާ ވާދަކޮށް ތިންސެޓް އެއް ސެޓުންނެވެ. ގަތަރާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕާކިސްތާނު ކުޅުނު ތިން މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައި އޮތުމާއެކު ޕާކިސްތާނާމެދު ކުރެވުނު އުންމީދުތައް ވަރަށް ބޮޑެވެ.
ެިއިންޑިޔާ ބަލިކޮށް ސެމީން ޖާގަހޯދި ޖަޕާން ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ސެމީގައި ގަތަރު ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން އީރާނާ ދެކޮޅަށެވެ. އީރާނަކީ އޭޝިއަން ގޭމްސްގެ އެންމެ ފަހު ދެފަހަރުވެސް ޗެމްޕިއަނެވެ. މިފަހަރުގެ ގޯލްޑް މެޑަލް އީރާނަށް ލިބިއްޖެނަމަ މިއީ ވިދިވިދިގެން އީރާނަށް ޗެމްޕިއަންކަން ލިބޭ ތިންވަނަ ފަހަރު ކަމަށްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު