މާލޭ ގެއެއްގެ ތެރޭގައި ހުރި ގުދަނެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މީހުން ދިރިނޫޅޭ މ. ހައުސް ޕްލާޒާގައި ހުންނަ އެ ގުދަނުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން މިހާރު ވަނީ ނިއްވާލައިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ އެ މައްސަލައިގެ ދެ މީހަކު ހައްޔަރުކުރީ ހައުސް ޕްލާސާ ގެ ހުންނަ ސަރަހައްދުން ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައޫލޫމާތެއް އަދި ހައްޔަރުކުރި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.
ރޭ ފަތިހު "ވެގަ ޕޮއިންޓް" ފިހާރައިގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި ފިހާރަ އެއްކޮށް އަނދައި ހުލިވެފައިވާ އިރު، އެ ފިހާރަ ކައިރީގައި ހުރި 15 ވަރަކަށް ސައިކަލްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު