ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު އއ. މަތިވެރިއަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަނިކޮށް، މުއިއްޒަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ މުއިއްޒު، ސަޕޯޓަރުންނާ ސަލާން ކުރައްވަމުން ދަނިކޮށް، ކައިރީގައި ހުރި މީހަކު މުއިއްޒުއާ ޒުވާބު ކުރަން ފަށާ މަންޒަރެވެ. ޒުވާބުކުރަން ފެށުމުން އެ މީހާ ދުރުކުރަން ބަޔަކު މަސައްކަތްކުރެއެވެ. އަދި ފަހުން އިތުރު މީހަކުވެސް ފުލުހުން ހިފަހައްޓާތަން ފެނެއެވެ.
ފުލުހުން މިއަދު ބުނީ، މަތިވެރީގައި ދެ މީހެއްގެ މެދުގައި ބޭ އަދަބީ އަތުގެ އިޝާރާތްތަކެއްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން އެ ތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސާފުކުރަންޖެހޭ މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ބުންޏެވެ.
"މިހާތަނަށް ބެލި ބެލުމުން މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ހަމަލާ ދޭން އުޅެފައިވާ ކަމަށް ނުބެލެވޭ،" ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު